ޢާންމު މަޢުލޫމާތު
ނަންބަރު: އާއި ގުޅޭ(IUL)332-MS/332/2023/102
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 19 އޮކްޓޫބަރު 2023 14:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭންޓް ސްޓިލްގެ މުއްދަތު އާންމު ކުރުން

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ

 

 

މާލެއަތޮޅު ދިއްފުށި ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

 

ކ.ދިއްފުށީ ބަނދަރު ބަލަހައްޓައި ދިނުމަށް 17 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ކުރެވިފައިވާ ނަމްބަރު:(IUL)332-MS/332/2023/102 އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑް ހުށަހަޅާފައިވަނީ 03 (ތިނެއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، ބަނދަރު ބަލަހެއްޓުމުގެ މަސައްކަތް ފީރޯޒު ވާދީ އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް-ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް-ސްޓިލް މުއްދަތު ތެރޭގައި،

  • ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ފީރޯޒު ވާދީ

ހުށަހަޅާފައިވާ އަގު:-

96،000.00ރ (ނުވަދިހަ ހަސާސް ރުފިޔާ)

މުއްދަތު

1 އަހަރު

  

 

   ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 19 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

 

 

 

 

އީ.މެއިލް :  [email protected]

ފޯން ނަންބަރު :- 6640071

 12 އޮކްޓޯބަރ 2023

 

 

12 އޮކްޓޫބަރު 2023