ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)326/326/2023/28
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 26 އޮކްޓޫބަރު 2023 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރުގައި ގެސްޓު ހައުސްއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 26 އޮކްޓޫބަރު 2023 10:53 ގައި ބާތިލް ކުރެވިފައެވެ.


ހިންނަވަރު ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ޓޫރިޒަމް ޒޯނުގެ ހުޅަނގު ދެކުނުން އޮތް ހުސްބިމުން (ޕްލޮޓް ކުރެހުން މައުލޫމާތު ކަރުދާހާ އެކީ އެއްކަރުދާސްކުރެވިފައި) 4 ބިން، ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ މި ދެންނެވި ސަރަޙައްދުގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް / ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން ގެޒެޓް ކުރެވިފައި ނެތުމުން ކުރިން ކުރެވުނު އިޢުލާން (ނަންބަރު: (IUL)326/326/2023/72)  ބާތިލްކޮށް، އަލުން ޕްރޮޕޯސަލް  ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 26 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

12 އޮކްޓޫބަރު 2023