މަސައްކަތް
ނަންބަރު: ADMHR-MPL/2015/32
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 10 މާރިޗު 2015 13:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޭމްޕް ސެޓެއް ފަރުމާކުރުންެ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް "މިނިވަން 50" ފާހަގަކުރުމަށް އަމާޒުކޮށް ސްޓޭމްޕް ސެޓެއް ފަރުމާ ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް ހުންނަ ޕޯސްޓްބިލްޑިންގގެ 5ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އެޕްރީލް 2015ވާ ބުދަ ދުވަހުގެ 13:00އަށް 5ވަނަ ފަންގިފިލާއަށް ސްޓޭމްޕް ސެޓް ޑިޒައިނާއެކު ވަޑައިގެން ސްޓޭމްޕްގެ ކުރެހުމާއި އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ސްޓޭމްޕް ކުރެހުމާއި، ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށެވެ. މިއިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/04ފ(15 ޖަނަވަރީ 2015) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015