ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީ ޢަދަދު |
1- ގދ.ގައްދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-41 |
-/15,000 ރުފިޔާ |
2- ގދ.ތިނަދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-40 |
-/15,000 ރުފިޔާ |
3- ގއ.ވިލިނގިލީގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-39 |
-/15,000 ރުފިޔާ |
4- ތ.ވިލިފުށީގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-38 |
-/15,000 ރުފިޔާ |
2- މ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
GC01-1, 2GC01- ، 3 GC01-، 4 GC01 - އަދި GC01-5
3- ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 09 މާރިޗު 2015 އިން 19 މާރިޗު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.
4- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349106 / 3349102
ފެކްސް: 3320706
އީމެއިލް: [email protected]
ކޮޕީ: [email protected]
5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައި އެޕްރޮޖެކްޓަކަށް ކަނޑައެޅިފައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
6- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
7- ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.