މަސައްކަތް
ނަންބަރު: (IUL)423/423/2023/79
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 01 ނޮވެންބަރު 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއިރާ ޕްރީސްކޫލްގެ ހޯލް މަރާމާތު ކުރުމާއި ގުޅޭ

ގދ.ފަރެސްމާތޮޑާ މާއިރާ ޕްރީސްކޫލްގެ ހޯލް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2023މ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރ/ އީމެއިލް އެޑްރެސް) މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަންތައް ހުޅުވުން އޮންނާނީ 01 ނޮވެމްބަރ 2023މ ދުވަހުގެ 13:00ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " ފަރެސްމާތޮޑާ މާއިރާ ޕްރީސްކޫލްގެ ހޯލް އަމިއްލަ ތަކެތީގައި މަރާމާތު ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

12 އޮކްޓޫބަރު 2023