މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/ 59
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 16 މާރިޗު 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހެލްތު ސެންޓަރުތައް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ ހެލްތްސެންޓަރުތައް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު IUL)13-K1/13/2015/56) ބާޠިލުކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ތަފުސީލު

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ

1. ކޮންސްޓްރަކްޝަން އޮފް ނ.މަގޫދޫ ހެލްތު ސެންޓަރ އިމާރާތްކުރުން

TES/2015/W-11

-/30,000ރ

2. ކޮންސްޓްރަކްޝަން އޮފް އއ.ހިމަންދޫ ހެލްތު ސެންޓަރ އިމާރާތްކުރުން

TES/2015/W-12

-/30,000ރ

3. ކޮންސްޓްރަކްޝަން އޮފް ރ.އަނގޮޅިތީމު ހެލްތު ސެންޓަރ އިމާރާތްކުރުން

TES/2015/W-14

-/30,000ރ

 

 

 

 

 

2. 1 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01-1, 2GC01- ، 3GC01-، 4GC01- އަދި GC01-5 އަކަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

3. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

4. ބީލަންފޮތަށް ފައިސާ ބަލައިގަތުން އޮންނާނީ 5 މާރިޗު 2015 އިން ފެށިގެން 16 މާރިޗު 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

5. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 17 މާރިޗު 2015 ވަނަ ދުވަހުގެ 10:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ.

6. ބިޑް ހުޅުވުން އޮންނާނީ 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

01 މާރިޗު 2015