ދިވެހިރާއްޖެ
"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި " އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން
މިކޮމިޝަންއިން ހުޅުވާލި އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި " އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމަށް ކުރެވުނު އިޢުލާން ނަންބަރ IUL)/168-CA/1/2023/72) ގެ މުއްދަތު 31 އޮކްޓޫބަރު 2023 އާ ހަމަޔަށް ވަނީ އިތުރުކުރެވިފައެވެ.
"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023 " އެވޯޑް އަދި "އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023 " އެވޯޑްއަކީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.
މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމެވެ.
މި ދެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 31 އޮކްޓޫބަރު 2023 ނިޔަލަށް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމްކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބް ތަކުގެ ދަރިވަރުންނަށް ހުޅުވާލަމެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު ތިރީގައިވާ ވެބްސައިޓް ލިންކުން ލިބެން ހުންނާނެއެވެ.
https://hrcm.org.mv/dv/human-rights-club
އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 އޮކްޓޫބަރު 2023