ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
ސްޓްރިންގަރ |
ބޭނުންވާ އަދަދު: |
07 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ. |
ފެންވަރު ނުވަތަ ޝަރުޠު: |
ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން. |
މައިގަނޑު މަސްއޫލިއްޔަތު: |
އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން މިކޯޕަރޭޝަނުން ކޮންޓެންޓް އުފައްދާ އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި، ފޮޓޯ އަދި ޚަބަރާއި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވާ ހުށަހަޅައި ދިނުމެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (އއ.ރަސްދޫ، އދ.މަހިބަދޫ، ޅ.ނައިފަރު، ވ.ފެލިދޫ، ނ.މަނަދޫ، ފ.ނިލަންދޫ ގއ.ވިލިނގިލި) |
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: |
މީހުން ހޮވުމުގައި، މިދާއިރާގައި ހިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަން ދެވޭނެއެވެ. |
އުޖޫރަ: |
މަހަކު -/3،000 ރުފިޔާ |
8 ޚަބަރަށްވުރެ އިތުރަށްހަދާ ކޮންމެ ޚަބަރަކަށް: |
-/150 ރުފިޔާގެ ރޭޓުން އިތުރަށްފައިސާ ދެވޭނެއެވެ.
|
ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވުން: |
ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯނު އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ. |
ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި: |
2015 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ |
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ. |
10 ޖުމާދަލްއޫލާ 1436