ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/24
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 12 މާރިޗު 2015 00:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ލެކްޗަރާރ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ޏ. ފުވައްމުލަކުގައި ހިންގާ ޤުރްއާން މުދައްރިސް އެޑްވާންސް ކޯހުގައި "ކޮމްޕިއުޓިންގ" މި މާއްދާ ކިޔަވައިދެއްވާނެ ރިސޯސް ލެކްޗަރަރއެއް ހޯދުމަށް ބޭނުންވެއެވެ.

ޝަރުޠު:

  • އައި.ޓީ އިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ،
  • ކޮމްޕިއުޓަރ ކޯސްތަކުގައި ކިޔަވައި ދިނުމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޏ. ފުވައްމުލަކު ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. ލެކްޗަރަރ ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޏ. ފުވައްމުލަކުގައި ހިންގާ ޤުރްއާން މުދައްރިސް އެޑްވާންސް ކޯހުގައި "ކޮމްޕިއުޓިންގ" މި މާއްދާ ކިޔަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)160-A/1/2015/16) (ތާރީޚު: 18 ފެބުރުވަރީ 2015) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

10 ޖުމާދަލްއޫލާ 1436      

01 މާރިޗު 2015