ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 15 މަގުބައްތި ދަނޑި ތައްޔާރުކޮށް އެބައްތިތައް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- މި އިޢުލާނާއި އެކުގައިވާ ކުރެހުމުގައިވާ މިންތަކާއި އެއްގޮތައް 15 ސިންގަލް އާމް ހޮޅިދަނޑި ހެނދުން.
- ހޮޅިދަނޑި ހަދާއިރު ވެލްޑިންކުރާތަންތަނުގައި އާއި މުޅި ދަނޑީގައި ރެޑްއޮކްސައިޑް ލާންވާނެ.
- ކުރެހުމާއި އެއްގޮތަށް ހޮޅިދަނޑިން ސަރކެޓްހަރުކުރާތަން ކަނޑާ އެތާ މަތިގަނޑު ހެދުން.
- ސަރކެޓް ހަރުކުރުމަށް ހަދާތަނުގެ މަތިގަނޑު ހަރުކުރާއިރު M7 ނުވަތަ 9mm ގެ ބޯލްޓެއް ޖެހުން.
- ދަނޑިތަކުގެ ޖޮއިންޓްތައް އެކަށީގެންވާވަރަށް ފައްތަރުކޮށް ބަލިނުވާވަރަށް ޖޮއިންޓްތައް ހަދަންވާނެއެވެ.
- ކައުންސިލުން ދައްކާ ތަންތަނުގައި "1.5 x "1.5 ފޫޓުގެ ބުޑެއް އެޅުމަށްފަހު ހޮޅިދަނޑިތައް ޖެހުން.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
25 ރަބީޢުލްއައްވަލް 1445
10 އޮކްޓޯބަރ 2023