މަސައްކަތް
ނަންބަރު: (IUL)138-AS4/1/2015/57
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 09 މާރިޗު 2015 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިދޭސީންނާއި ގުޅުންހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންތަކާއި މި ނޫނަސް ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 13:00

12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 30004136 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015