ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2015/22
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 10 މާރިޗު 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު: އެސިސްޓަންޓް ޕްރޮކިއުމަންޓް އޮފިސަރ

ޑިޕާޓްމަންޓް: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް

ޝެކްޝަން: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  • ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި ނެގޯޝިއޭޓް ކުރުމާއި، ތަކެތީގެ އަގަށާއި ކޮލިޓީއަށް ބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  • ޕާރޗޭސް އޯޑަރ / ވޯރކް އޯޑަރ ތައްޔާރުކުރުން.
  • ކޯޕަރޭޝަނަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސްހިސާބުތައް ހެދުން.
  • ބިޑް އަދި އެއާ ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކުރުމާއި، އިޢުލާންކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • ޝެކްޝަނަށް ލިބޭ ސިޓީ ފަދަ ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  • ޕްރޮކިއުމަންޓް ޝެކްޝަނުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓް އަދި ކަލްކިއުލޭޝަންގެ ހުނަރު ހުރުން.
  • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ: 5000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9710.00ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މި ކޯޕްރޭޝަނުގެ މައި އޮފީހުންނާއި މާލެ އޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       

މާލެ، ދިވެހިރާއްޖެ                                                                        

ފޯނު: 3336755                                                                               

ފެކްސް: 3335892،  ނުވަތަ،                                                                    

3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފެކްސް: 3358892

ފޯނު: 3353535

05 މާރިޗު 2015