ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2015/33
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 10 މާރިޗު 2015 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

މަޤާމު :

ޕޯސްޓްމަން ޓްރެއިނީ

ބޭނުންވާ އަދަދު:

1

މުސާރަ :

  • 4122.00 ރުފިޔާ (ހަތަރު ހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ ގޮތުގެމަތިން މެއިލް ބެހުމުގެ އެލަވަންސް ލިބޭނެއެވެ.

އެލަވަންސް :

  • 1860.00ރ.
  • މެއިލް އެލަވަންސް: ކަނޑައެޅިފައިވާ މިންގަނޑަށް ބަހާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން މެއިލް އެލަވަންސް ލިބޭނެއެވެ.
  • އަމިއްލަ ސައިކަލުގައި މަސައްކަތްކުރާނަމަ ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

މެއިލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

  • ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުން ނުވަތަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުން.
  • މާލޭގެ ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން.
  • ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.
  • އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށްއިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއެކު ގުޅޭނެ ފޯން)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި މިހާރު އުޅުއްވާ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.
  • ޕޮލިސް ރިޕޯޓު (ވަޒީފާއަށް ހޮވިއްޖެނަމަ ހުށަހަޅުއްވަން ޖެހޭނެއެވެ.) 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 10 މާރިޗު 2015 ވާއަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ވަޒީފާއަށް އެދި" މިހެން ޖައްސަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273

ފެކްސް: 3321559

03 މާރިޗު 2015