ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2015/18
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 15 މާރިޗު 2015 15:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މިނިސްޓްރީގެ ނަންބަރު IUL)459-HRM/1/2015/16) (ތާރީޚު:22 ފެބްރުއަރީ 2015 ) އިޢުލާނުގައިވާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ މުސާރައާއި ރޭންކް ނުބައިކޮށް ލިޔެވިފައިވާތީ، އިޢުލާނުގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް)

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް / ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާއ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަރުކަޒު ހިންގުމާބެހޭ އެންމެހައި ކަންކަމުގައި މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަވާ މީހަކަށް އެހީތެރިވުން.
  • މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މީހަކު ގުރައިދޫގައި، ނެތް ވަގުތެއްނަމަ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނަ މީހެއްގެ މަޝްވަރާގެ މަތިން މަރުކަޒު ހިންގުމާއި ބެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ސަޕޯރޓުސަރވިސަސް ސެކްޝަނުގެ މަސައްކައްތައް (މެއިންޓަނަންސްއާއި، ޓެކްނިޝިއަނުންގެ މަސައްކަތްތަކާއި ސެކިއުރިޓީބެލެހެއްޓުމުގެ ކަންތައްތަކާއި ހައުސްކީޕިންގެ ދަށުންހިންގާ ބަލަހައްޓާ އެންމެހައި ކަންތައްތައް) އޮފީހުގެ އެންމެއިސްވެރިޔާގެ މަޝްވަރާއާއިއެކު ހިންގާބެލެހެއްޓުން.
  • ލިބޭ، ފޮނުވާ ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތަކާއި ޕްރައިވެޓް  ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވާ ބެލެހެއްޓުން.
  • މުވައްޒަފުންނާއި މެދު އެޅޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
  • މަރުކަޒުން ބަލަހައްޓާ މީހުންނަށް ކާންދިނުމަށް ތައްޔާރުކުރަންޖެހޭ މެނޫ ޝީޓް ތައްޔާރުކޮށް ކުރިއަށް އޮންނަ ހަފުތާގެ މެނޫޝީޓް ހިނގާ ހަފުތާ ހުސްވުމުގެ ކުރިން މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނަވާ މީހަކަށް ދައްކާ ފާސްކުރުމާއި އަދި މެނޫ ޝީޓާއި އެއްގޮތަށް ކާން ދިނުމުގެ ކަންތައްތައް ކުރިއަށް ދޭތޯ ބެލެން.
  • ހަވާލުކުރާ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާ ކުރުން.
  • އޮފީހުގައި ހުންނަ ލިޔެ ކިއުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
  • މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން އާންމުކޮށް ނުހިނގާ ޚާއްޞަ ގޮތެއްގައި ދިމާވާ ކަންތައް ތަކުގައި ބައިވެރިވެ އެހީތެރިވުން.
  • މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގު ގެ ފުރަތަމަ ފަންގިފިލާ)/ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާގައި / އޮގަސްޓް މަހުގެ ތެރޭގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

04 މާރިޗު 2015