ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2023/154
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 12 އޮކްޓޫބަރު 2023 11:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތަށް ވަޑައިގަންނަވާ ރެފްރީންނާއި ، ކްރޫން އަދި ޓެކްނިކަލް އެހީތެރިންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

 

އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތަށް ވަޑައިގަންނަވާ ރެފްރީންނާއި ، ކްރޫން އަދި ޓެކްނިކަލް އެހީތެރިންނަށް ކައްކާ ކާންދޭނެ  ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލުން:

             2023  އޮކްޓޫބަރ މަހުގެ 16 ން 29 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭދަފުށީ ކަޕް ފުޓްބޯޅަ މުބާރާތަށް ވަޑައިގަންނަވާ ރެފްރީންނާއި ، ކްރޫން އަދި ޓެކްނިކަލް އެހީތެރިން (8 ބޭފުޅުންނަށް) ކައްކާ ކާންދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

              ވީމާ، މިކަންކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 އޮކްޓޫބަރ 12 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް  މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6608303 އަށް ގުޅުއްވުން އެދެމެވެ.

 

                    24  ރަބީޢުލްއައްވަލު 1445ހ

09 އޮކްޓޫބަރު 2023