ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/60
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 16 މާރިޗު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

252392

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

ޕްރޮކިއުމަންޓް ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/4465ރ

ސަރވިސް އެލަވަންސް: -/1500ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮކިއުމެންޓް ސެކްޝަނަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
  • އެޖެންސީ ޓެންޑަރ ކޮމެޓީއަށް އަންނަ މައްސަލަތައް 3 ދުވަސްތެރޭގައި ކޮމެޓީއަށް ހުށަހަޅައި އެ މައްސަލައެއް ނިންމާފައި އަނބުރާ އެ ސެކްޝަނަކަށް އެންގުން.
  • މިނިސްޓްރީއަށް ބޭނުންވެގެން ގަންނަން ޖެހޭ ތަކެތީގެ ތެރެއިން، އެ ތަކެތި ލިބެން ހުންނަ ތަންތަނަށް ގޮސް އެތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި ކަމާބެހޭ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • މިނިސްޓްރީ ސްޓޮކުގެ ބާކީ ބެލެހެއްޓުން.
  • މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ސެކްޝަންތަކުންނާއި ޕްރޮކިއުމަންޓުން ކުރެވޭ އިޢުލާންތަކާ ގުޅިގެން ލިބޭ ބިޑް ޕްރޮޕޯސަލްގެ ކަންކަން ސަރުކާރުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ސެކްޝަނުގެ ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން ކުރުން.
  • މިނިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް ވެރިން އަންގަވާގޮތެއްގެމަތިން ހަމަޖައްސައި އެކަމުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ދިނުން.
  • މިނިސްޓްރީއާއި މިނިސްޓްރީއާގުޅޭ ދާއިރާތަކުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަން ފިހާރައާއި ވާހަކަ ދައްކައިގެން ޖާގައެއް ލިބޭ އެންމެ އަވަހަކަށް ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއެކު ކުރުން.
  • މިނިސްޓްރީއިން ރާވައިގެން ހިންގާ ސެމިނާރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވެރިންގެ ލަފައާއެކު ހަމަޖެއްސުން.
  • މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިގެން ރާވާ ދަތުރުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތައް އަދި މި ނޫނަސް ޕްރޮކިއުމެންޓް ސެކްޝަނުން ހަމަޖައްސާފައި ހުންނަ ކަންތައްތަކުގައި އިމަޖެންސީ ޙާލަތުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  • މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.
  • ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015  މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ. ( http://www.housing.gov.mv/v1/file-download )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015