ދިވެހިރާއްޖެ
c
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ކަނޑުހުޅުދޫ،ދިވެހިރާއްޖެ
ނަންބަރު:2023/11/(IUL)P10C
އިޢުލާން
ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ
މިކޯޓުގައި ހުރި ބައު ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރޭގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 16 އޮކްޓޯބަރ 2023 ވާ ދުވަހުގެ 16:00 އިން 18:00 އަށް
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 6820783
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 18:00 ގެ ކުރިން "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 17 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 އޮކްޓޯބަރ 2023