މުބާރާތް
ނަންބަރު: (IUL)252/252/2023/79
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 11 އޮކްޓޫބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2023

               މިއަހަރުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށް މިއަތޮޅަށް ހުޅުވާލައިގެން ހއ. އަތޮޅު ކައުންސިލުން ހއ. މާރަންދޫގައި 2023 އޮކްޓޫބަރު 26 އިން 28އަށް ބާއްވާ"ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2023" ނަމުގައި، ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިރަށުން ޤުރުއާން މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 އޮކްޓޫބަރު 2023  ދުވަހުގެ 13:00 ކުރިން ތިރީގައިވާ ފަރާތްތައް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މިމުބާރާތުގެ ގަވާއިދު މިއިދާރާއިން ލިބެން ހުންނާނެވެ. އަދި އިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެވެ. މުބާރާތުގެ އޮޑިޝަން އޮންނާނީ 2023 އޮކްޓޫބަރު 12، 13 މިދެދުވަހު ފިއްލަދޫ ސުކޫލުގައެވެ. އޮޑިޝަނުން ހޮވޭ ފަރާތްތައް މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ކްލާސްތައް 2023 އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.  

  • ސުކޫލް ދަރިވަރުން ސްކޫލް އިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ނަން ނޯޓް ކުރުން
  • އާންމުންގެ ފަރާތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނާއިބުރައީސް މުޙައްމަދު ރަޒީފް (ފޯން 9997820) އާއި ގުޅުއްވާ ނަންނޯޓްކުރުން.

             މިމުބާރާތުގެ ބައިވެރިވާ މިރަށް ތަމްޞީލްކުރާ ބައިވެރިންގެ އިންތިޒާމްތައް މިކައުންސިލުން ހަމަޖައްސައިދޭނެ ކަމުގައި ދަންނަވަމެވެ.  

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 އޮކްޓޫބަރު 2023