ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS213/IUL/2015/007
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 15 މާރިޗު 2015 14:00
ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހޯދުމާބެހޭ

މި ސްކޫލަށް ގަންނަން ބޭނުންވާ އޭަސީ ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު Ref: GS213/IUL/2015/006 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލަށް 12،000 ބީޓީޔޫގެ 2 އެއަރކޮންޑިޝަނާއި 18،000 ބީޓީޔޫގެ 2 އެއަރކޮންޑިޝަން ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ 14:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6582703 ނަންބަރަށް ގުޅުއްވުން އެދެމެވެ.

15 ޖުމާދަލްއޫލާ 1436

05 މާރިޗު 2015