ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 307/INDIV/2015/21
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 22 މާރިޗު 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދިނުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އިންނަމާދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކުރާގޮތަށް މިރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން ހިންގާ މަސްރޫޢުގެ ދަށުން މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫގައި ކުނި މެނޭޖްކުރުމަށް 1.5ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

Specifications for light truck

Condition: brand new / power gate

Make & Brand for which spare parts are commonly available in Maldives’ Market

2.8 Phaser110Ti Diesel turbo Charged Engine

Right Hand Drive

Manufacturers mileage warranty and team;

Manual Transmission

Single cab;

Colour: Any standard colour   

High resistant anti - corrosion protection;

Carry tray with capacity of 1.50 – 1.8 tonner

Three drop side panels with fastenings;

7.0” width tires fitted front and rear and (spare)

Dual Rear wheels on each side

(four copies) of English language overhaul manual;

(4 four copies) of English language overhaul manual;

(1 one) copy per vehicle of operations and maintenance manual; 

Minimum 1 (one) year major parts warrenty including engine and engine relation parts covering transmission

ހުށަހަޅަންވީ ތަކެތި:

  • ޕިކަޕް ފޯރުކޮށްދެވޭނެ އަގު:
  • ސަޕްލައި ކޮށްދެވޭނެ މުއްދަތު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފިނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރެޖިސްޓރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަމާއި މަޤާމާއި ފޯނު ނަންބަރު)
  • އަމިއްލަ ފަރާތެއްނަމަ (އައި.ޑީ.ކާޑުގެ ސާފު ކޮޕީ، ވަނަވަރު)
  • ތަޖުރިބާގެ ލިޔުމެއްވާނަމަ ލިޔުން (ލިޔުމަކީ މިފަދަ ކަމަކާ ގުޅިފައިވާ ކަމެއްކަމުގައި ވާންވާނެއެވެ.)

މި ޕިކަޕަށް ހުށަހެޅޭ، ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގަށް 60 ޕޮއިންޓް)
  • މުއްދަތު: 30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތަށް 30 ޕޮއިންޓް)
  • ތަޖުރިބާއަށް 10 ޕޮއިންޓް (ތަޖުރިބާއަށް މާކްސް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުމަށް ބަލާފައެވެ.)

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.

  • އިންނަމާދޫ ކައުންސިލްގެ އިދާރާ
  • އިޢުލާން ނަންބަރު: IUL)307/INDIV/2015/21)

ބިޑް ހުޅުވުން:

 ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި އިންނަމާދޫ ކައުންސިލުގެ އިދާރާގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބަދަލުގައި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި ދެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓރީގެ ކޮޕީއެއް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި (އިންނަމާދޫ ކައުންސިލަށް ޕިކަޕެއް ސަޕުލައިކޮށްދިނުން) މިހެން ލިޔެފައި އޮންނަންވާނެއެވެ.

ނޯޓް :

  • މައުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.
  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580052 / 7972072 ނަންބަރު ފޯނަށެވެ.
  • އީމެއިލް އެޑްރެސް: [email protected]
05 މާރިޗު 2015