ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 17 އޮކްޓޫބަރު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމިޓީއަށް މެމްބަރުން ހޯދުން

 

އިޢުލާން

 

އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު

 

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ.

 

މަޤާމް:

އަގުކޮމެޓީގެ މެންބަރު (3 އަހަރު ދުވަހުގެ މުއްދަތަށް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް

ތަޢުލީމާއި ތަޖުރިބާ:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  1. 1.      މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް (މި ފޯމް، ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މެންބަރުކަމަށް އެދޭ ފަރާތްތަކުން 17 އޮކްޓޯބަރ 2023  ވަނަ ދުވަހުގެ 13:00 ގެ ކުރިން އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6580430، 6580275 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

08 އޮކްޓޫބަރު 2023