ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2023/60
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 12 އޮކްޓޫބަރު 2023 20:45
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުން ބައްދަލުވުމުގެ ދަޢުވަތު:

މިރަށުގެ ބިނާވެށި ޕްލޭން ފާސްވެފައިވާތީ، ބިނާވެށި ޕްލޭންގައި ދިރިއުޅުން ނޫން ބޭނުންތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި، ވިޔަފާރި އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ބެހޭގޮތުންނާއި އެބިންތައް ދޫކުރާނެ ގޮތުގެ އުޞޫލާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބޭނުންވާތީ، ބާއްވާ ބައްދަލުވުން 12 އޮކްޓޯބަރ 2023 ވާ ބްރާސްފަތި ދުވަހުގެ ރޭ 20:45 ގައި ލަންދޫ ސްކޫލް އޭވީ ރޫމްގައި އޮންނާނެއެވެ.

               ވީމާ މިބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

 

ބައްދަލުވުމުގެ އެޖެންޑާ

01 – ސިޔާސީ ޕާޓީތަކަށް ބިންދޫކުރާނެ ގޮތުގެ އުޞޫލު ފާސްކުރުން

02 – ވިޔަފާރި އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާއި ބެހޭގޮތުން މަޝްވަރާކުރުން

05 އޮކްޓޫބަރު 2023