ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: URH/IUL/2015/09
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 12 މާރިޗު 2015 13:30
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް ފަރުނީޗަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ބައެއް ފަރުނީޗަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ބައެއް ފަރުނީޗަރ ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިތަކެތި ހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ގަނެ ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2015 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ބިޑްޑޮކިއުމަންޓްގައި ހުންނަންޖެހޭ ލިޔުންތައް ހަމަނުވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކޮށް، ބިޑް ހުށަހެޅޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015