މަސައްކަތް
ނަންބަރު: A/IUL/344/2023/92
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 22 އޮކްޓޫބަރު 2023 13:30
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލަށް ބޭނުންވާ 100 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އެތަކެތި އއ.ފެރިދޫ ގޭބީސީތަކުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                         ނަންބަރ: A/IUL/344/2023/92

 

                      އިޢުލާން

 

                     އއ.ފެރިދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން 2022-2026 ގައި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމް ގާއިމުކުރުމަށްޓަކައި އއ.ފެރިދޫގެ ގޭބިސީތަކަކީ، ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ބޭނުންކުރާ ގޭބިސީތަކަކަށް ހެދުމަށް ވަނީ ކަނޑައެޅިފައެވެ. މިކަން ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އއ.ފެރިދޫ ކައުންސިލަށް ބޭނުންވާ 100 ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދީ އެތަކެތި އއ.ފެރިދޫ ގޭބީސީތަކުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 އޮކްޓޫބަރ 05 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އޮކްޓޫބަރ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުންނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އޮކްޓޫބަރ 22 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 އޮކްޓޫބަރ 19 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

05 އޮކްޓޫބަރު 2023