ދިވެހިރާއްޖެ
ނަންބަރު: (IUL)101-PMU/1/2023/204
އިޢުލާން
އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު އަދި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން 700 އަށްވުރެ ގިނަ ފާރާތްތަކަށް މިހާރުވަނީ ފައިސާދޫކުރެވިފައެވެ. އަދި ބާކީ ހުރި އެޕްލިކޭޝަންތައް ދަނީ ޕްރޮސެސް ކުރެވެމުންނެވެ. މީގެ ތެރެއިން އިތުރަށް މައުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ހުށަހެޅުއްވުމަށް ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް މިހާރުވާނީ އެދިފައެވެ.
ވީމާ، އެދިފައިވާ މައުލޫމާތާއި ލިޔެކިޔުންތައް 26 އޮކްޓޫބަރު 2023 ދުވަހުގެ ނިޔަލަށް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ. މައުލޫމާތު ހުށަހަޅުއްވާނީ ޖޮބް ސެންޓަރ ޕޯޓަލް (https://jobcenter.mv/en/jobseeker/program-applications) މެދުވެރިކޮށް އޮންލައިން ކޮށެވެ.
މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ބޭނުންފުޅުވާނަމަ 1500 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެވުމަށް އެދި ދަންނަވަމެވެ. އަދި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ޖޮބް ސެންޓަރ (https://jobcenter.mv/) އަށް ޒިޔާރަތްކުރެއްވުމަށް ދަންނަވަމެވެ.
19 ރަބީޢުލް އައްވަލް 1445
05 އޮކްޓޫބަރު 2023