މުބާރާތް
ނަންބަރު: D-381 / IUL-2023 / 74
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 09 ނޮވެންބަރު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް، ހޭންޑްބޯލް މުބާރާތުގެ ތާރީޚަށް ބަދަލު ގެނައުން

ކުޑަހުވަދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ފުޓްސަލް، ހޭންޑްބޯލް، މުބާރާތް ތިރީގައި މިދަންނަވާ ތާރީޚް ތަކަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. ނަމަވެސް ފުޓްބޯޅަ މުބާރާތުގެ ތާރީޚަށް ބަދަލު ގެނެވިފައެއްނުވެއެވެ.

01-   ހޭންޑް  ބޯލް މުބާރާތް (ހަމަ އެކަނި އަންހެނުންނަށް)

ފަށާތާރީޚް: 2023 އޮކްޓޯބަރ 26، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 500.00 (ފައްސަތޭކަރުފިޔާ)

02-    ފުޓްސަލް މުބާރާތް: (ހަމަ އެކަނި ފިރިހެނުންނަށް)

ފަށާތާރީޚް: 2023 ނޮވެމްބަރ 05 ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި 2023 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 1000.00 (އެއްހާސްރުފިޔާ)

03-   ފުޓްބޯޅަ މުބާރާތް (ހަމަ އެކަނި ފިރިހެނުންނަށް)

ފަށާތާރީޚް: 2023 ޑިސެމްބަރ 2، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 2023 ނޮވެމްބަރ 9 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި، 2023 ނޮވެމްބަރ 23 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 1000.00 (އެއްހާސްރުފިޔާ)

މުބާރާތުގައި ބައިވެރިވުމުގެ ފީ ޓްރާންސްފަރ ކުރާނީ  ނަންބަރު: 773000135156 ރެވެނިއު 1 އެކައުންޓަށެވެ. މުބާރާތުގައި ބައިވެރިވާ ފޯމުގައި ސްލިޕް ހިމަނަންވާނެއެވެ. މުބާރާތުގެ އިތުރު މަޢުލޫމާތު މުބާރާތުގެ ޤަވާއިދުގައި ހިމެނިފައިވާނެއެވެ.

ގަވާއިދުތަކުގެ ލިންކް: https://drive.google.com/drive/folders/1nLq0HiO-SfBAIENQlcp0cm-OnZD1aXTv?usp=sharing

މުބާރާތުގައި ބައިވެރިވާ ފޯމް ލިންކް، https://forms.gle/GJfZTJasoHsuXNqW6

      މި އިޢުލާން ކުރެވުމުން، މިއިދާރާއިން ކޮއްފައިވާ ނަންބަރު: D-381/ I-2023/65  (26 ސެޕްޓެމްބަރ 2023) އިޢުލާން ބާޠިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

05 އޮކްޓޫބަރު 2023