ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)327-A/327/2023/269
                    ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2023
                    ޕަބްލިޝްކުރި ގަޑި:  11:00
                    
                ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރިގެ 20 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން
                                އިޢުލާން
| 
 ތާރީޚް: 04 އޮކްޓޯބަރ 2023  | 
 ނަންބަރ:(IUL)327-A/327/2023/269  | 
| 
 ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން  | 
|
ތިރީގައި އެވަނީ 04 އޮކްޓޯބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ 20 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
- ނައިފަރު ކައުންސިލްގެ ވޯކްޝޮޕް އަދި ގުދަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/245 ބީލަމާއި ގުޅިގެން ބިޑް އިވެލުއޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރިއިރު ތަޖުރިބާއަށް މާރކްސް ދިނުމުގައި އެޗް ވޯކްސް އަށް އެފަރާތުން ހުށަހަޅާފައިވާ 2 ލިޔުމަކަށް މާރކްސް ދެވިފައި ނުވާކަން ފާހަގަ ކުރެވޭކަމަށާއި އަދި އެ ލިޔުން ތަކަށް މާރކްސް ދިންކަމުގައިވީނަމަވެސް ޖުމްލަ ނަތީޖާއަށް ބަދަލެއް ނާންނާތީވެ ބިޑް އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް 3 ފޭސްގެ މަސައްކަތްވެސް ޓި.އޭ.ސީ ކޮންސްޓްރަކްޝަން އަށް އެވޯޑްކުރަން ފެންނަކަމަށް.
 - ޅ.ނައިފަރުގައި އަލަށް ހަދާ ފުޓްސަލް ދަނޑުގެ ސަބްބޭސް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/245 ބީލަމާއި ގުޅިގެން ބިޑް އިވެލުއޭޓް ކުރިއިރު އެންމެ މަތިން މާރކްސް ހޯދައިފައިވާ އިބްރާހިމް ކޮންސްޓަރަކްޝަންއިން ހުށަހަޅައިފާވާ ތަޖުރިބާގެ ލިޔުންތަކަށް ބަލާއިރު، މަސައްކަތް ނިންމުނަށް ހަވާލުކުރެވިފައިވާ މުއްދަތުގައި އެފަރާތުން މަސައްކަތް ނިންމިފައި ނުވާކަން ފާހަގަކުރެވިފައިވާތީއާއި މި އިދާރާއިން މީގެ ކުރިން އެފަރާތާއި ހަވާލުކުރެވިފައިވާ ބައެއް މަސައްކަތްތައް، ހަވާލުކުރެވިފައިވާ މުއްދަތުގައި ނުނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލް ކުރުން ފަދަ މައްސަލަތަށް ފާހަގަވެފައިވާތީ، ބިޑު އިވެލުއޭޝަން ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ދެވަނައަށް އެންމެ މަތިން މާރކްސް ހޯދައިފައިވާ ފަރާތްކަމުގައިވާ ޓި.އޭ.ސީ ކޮންސްޓްރަކްޝަން އަށް މިބީލަން އެވޯޑްކުރަން ފެންނަކަމަށް.
 - ނައިފަރު ކައުންސިލަށް 3 ލެޕްޓޮޕް އަދި 3 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/243 ބީލަމާއި ގުޅިގެން ބިޑްކޮމެޓީއަށް ހުށަހަޅާފައިވާ ޚުލާސާކަރުދާހުގައި ހަމަޖެހިފައިވާ ޖުމްލަ ބަޖެޓު ލިޔެފައިވަނީ 3 ކޮމްޕިއިޓަރ ސިސްޓަމް އަދި 3 ލެޕްޓޮޕަށް ވަކިން ކަމުގައިވެފައި ބިޑް ހުށަހަޅާފައިވާ ހަމަ އެކަނިފަރާތުން 3 ލެޕްޓޮޕް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ އެކަމަށް ހަމަޖެހިފައިވާ ޖުމްލަ ބަޖެޓަށްފެތޭ އަގެއްކަމަށްވެފައި 3 ކޮމްޕިއުޓާރ ސިސްޓަމް ފޯރުކޮށް ދިނުމަށް ހުށަހަޅާފައިވާ އަގަކީ އެކަމަށް ހަމަޖެހިފައިވާ ޖުމްލަ ބަޖެޓަށްވުރެ ބޮޑު އަގެއްކަމުގައި ފެންނާތީއާއި، 2 އައިޓަމަށް ވަކިން އަގު ނަގާފައިވީނަމަވެސް ބިޑް އިވެލުއޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރުމުގައި ބަލާފައިވަނީ 2 އައިޓަމް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ 2 އަގު އެއްކޮށްލުމަށްފަހުކަމުން 2 އައިޓަމަށް ވަކިން އިވެލުއޭޓްކުރުމަށްފަހު އަލުން ބިޑްކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށާއި އަދި އިދާރީގޮތުން 2 އައިޓަމް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގު އެއްކޮށްލިމުން އަންނަ ޖުމްލަ އަގަކީ މި މަސައްކަތަށް ހަރަދު ކުރެވިދާނެ އަގެއްކަން ކަށަވަރުކޮށް ބިޑްކޮމެޓީއަށް އަލުން ހުށަހަޅަން ފެންނަކަމަށް.
 
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 އޮކްޓޯބަރ 2023
                04 އޮކްޓޫބަރު 2023