ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2023/186
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 12 އޮކްޓޫބަރު 2023 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

389446 ޖޭ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީއެކްސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ފައިނޭންޝަލް ސަރވިސް ޑިޕާޓްމަންޓް، ޕާޗޭސިންގ ޑިވިޜަން

މުސާރަ:

-/11065 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: -/1300 ރުފިޔާ (މަހަކު)

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ހެލްތް އެލަވަންސް: މުސާރައިގެ %35

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕާރޗޭސް ޑިވިޜަންގެ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުން.
  2. ޕާރޗޭސް ޑިވިޜަންގެ ދަށުން ހިނގާ ޕްރޮކިއުމަންޓް ސެކްޝަން، މެޑިކަލް ޕްރޮކިއުމަންޓް ސެކްޝަން އަދި ޓެންޑަރ ޕްރޮކިއުމަންޓް ސެކްޝަން ހިންގުމާ ހަވާލުވެ ތިއްބެވި މުވައްޒަފުންގެ މަސައްކަތް މޮނިޓަރކުރުމާ، ސުޕަވައިޒްކުރުމާ އަދި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  3. މާލޭ ހޮސްޕިޓަލްސްގެ ގްރޫޕުގެ އެގްޒެކެޓިވް މެނޭޖްމަންޓް ކޮމިޓީގެ މެންބަރުންނާއި އެކު ހޮސްޕިޓަލްގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ކުރަންޖެހޭ ޕްރޮކިއުމަންޓު އާގުޅުންހުރި ކަންތައްތައް ރާވައި ހިންގުން.
  4. ހޮސްޕިޓަލްއަށް ގެނެވޭ އާއްމު ތަކެއްޗާއި (ޖެނެރަލް ގުޑްސް އެންޑް ސަރވިސެސް)، މެޑިކަލް ކޮންސިއުމަބްލްސްއާއި، އަދި ބޭހުގެ އިސްރާފު ކުޑަކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައްކޮށް އެކަމަށް އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމާއެކު އެކަންކަން ހަރުދަނާކުރުމުގެ މަސައްކަތްކުރުން.
  5. ވިޔަފާރީގެ މާހައުލަށް އަންނަ ބަދަލުތަކަށް ބަލައި ލިބުން ދަތި ނޫން، އަދި ފެންވަރު ރަނގަޅު ތަކެތި ހޮސްޕިޓަލަށް ހޯދުމުގެ މަސައްކަތް ރާވައި ހިންގުން.
  6. ސަޕްލަޔަރުންނާއި ކުރެވޭ މުއާމަލާތްތަކުގައި ހޮސްޕިޓަލަށް އެންމެ ރަނގަޅު އަގެއްގައި ތަކެތި ހޯދުމުގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވުން.
  7. ހޮސްޕިޓަލަށް އެންމެ ހެޔޮ އަގެއްގައި އައު އަދި ރަނގަޅު ތަކެތި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވުން.
  8. ހޮސްޕިޓަލްގެ ތަކެތި ގަތުމަށް ހިނގާ ހަރަދުގެ ގެ ރިކޯޑްސް ބަލަހައްޓާ އަންނަ ބަދަލުތައް މެނޭޖްމަންޓާއި ހިއްސާކުރުން.
  9. ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކާއި ގުޅިގެން ހޮސްޕިޓަލުން ދެވޭ ހިދްމަތްތަކަށް ބޭނުންވާ ތަކެތި (މެޝިނެރީ / އިކުއިޕްމަންޓްސް އަދި ކޮންސިއުމަބަލްސް) ދެނެގަތުން.
  10. ހޮސްޕިޓަލުގެ ޕްރޮކިޔުމަންޓް ހުރިހާ މަސައްކަތްތައް ކުރެވެނީ ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށްކަން ކަށަވަރުކުރުން.
  11. ހޮސްޕިޓަލަށް ގެނެވޭ އެންމެހާ ތަކެތި ގަތުމާއި ހޮސްޕިޓަލަށް ބޭނުންވާ ތަކެތީގެ ފުރިހަމަ ސްޕެސިފިކޭޝަންސް ހޯދައި އެތަކެއްޗަށް އޯޑަރ ކުރުމުގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވުން.
  12. ހޮސްޕިޓަލަށް ޓެންޑަރ އުޞޫލުން ހޯދަންޖެހޭ ތަކެއްޗާއި މަސައްކަތްތައް ޓެންޑަރ ކުރުމުގެ ހުރިހާ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުން.
  13. ޕްރޮކިއުކުރުން ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ އުސޫލްތައް އެކުލަވާލައި ތަންފީޒްކުރުން.
  14. ޕާރޗޭސް ޑިވިޜަންގެ ދަށުން ހިނގާ ޕްރޮކިއުމަންޓް ސެކްޝަން، މެޑިކަލް ޕްރޮކިއުމަންޓް ސެކްޝަން އަދި ޓެންޑަރ ޕްރޮކިއުމަންޓް ސެކްޝަންގެ މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމާއި ތަރައްގީކުރުން.
  15. ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް ސެކްޝަން އިން ހޯދާފައިވާ ހިދުމަތާއި ތަކެތީގެ ބިލްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ވިލަރެސްކޮށް މުވައްޒަފުން ލައްވާ ކުރުވުން.
  16. ޕްރޮކިއުމެންޓް މަސައްކަތްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކާއި އެހެނިހެން ލިއެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުމުގެ މަސައްކަތްތައް ވިލަރެސްކޮށް މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން.
  17. ޕްރޮކިއުމަންޓް ޕްލޭން ހެދުމާއި ޕްލޭން މުރާޖާކޮށް ގުޅުންހުރި ފަރާތްތަކަށް ކަނޑައެޅޭ މުހުލަތްތަކަށް ޕްލޭން ފޮނުވުމުގެ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވުން.

މަޤާމުގެ ޝަރުޠުތައް:

 

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

  1. އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ މެނޭޖްމަންޓް  ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ މެނޭޖްމަންޓް  ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ފައިނޭންސް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަގާމުގެ ކޯ ޑިސިޕްލިން:

ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

 

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3ން ފެށިގެން އީކްސް 5 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،19 ނޮވެމްބަރ 2023 ން 30 ނޮވެމްބަރ 2023 އާ ދެމެދުއެވެ. އިންޓަރވިއު ، ޕްރެޒެންޓޭޝަން، އިމްތިހާން އޮންނާނެ ތަން މިހޮސްޕިޓަލުން ކަނޑައެޅުމަށްފަހު މިމަގާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އަންގާނެއެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ރަބީއުލްއައްވަލް 1445

5 އޮކްޓޯބަރ 2023 

05 އޮކްޓޫބަރު 2023