ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)428/1/2015/4
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 15 މާރިޗު 2015 14:45
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

ރޭންކް: އެމް. އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   ޕްރޮގްރާމް ޑިވެލޮޕްމަންޓް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓިވެޓް ޕްރޮގްރާމްތައް މާކެޓްކޮށް ޕްރޮމޯޓްކުރާނެ ސްޓްރެޓެޖީއެއް ރޭވުން.
  • ޓިވެޓް ނިޒާމުގެދަށުން މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކުގެ ޕޮލިސީތައް އެކުލަވައިވުން.
  • ޕްރޮގްރާމް ޑިވެލޮޕްމަންޓް ޔުނިޓުގެ ދަށުން ހިމެނޭ މުއައްޒަފުން މެނޭޖްކޮށް މަސައްކަތްތައް ބަހައިލުން.
  • ސްޓޭންޑަޑް ރައިޓާރސްއާ ގުޅިގެން އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލުން ކަނޑައަޅާ ދާއިރާތަކުގެ އޮކިއުޕޭޝަނަލް ސްޓޭންޑަޑް ޑިވެލްކޮށް ކޮމްޕައިލްކުރުމުގައި އިސް ރޯލެއް އަދާކުރުން.
  • ޓިވެޓް އޮތޯރިޓީގެ ދަށުން ޑިވެލޮޕްކުރާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން އޮތޯރިޓީގެ އިސްވެރިޔާއަށް ލަފާއެރުވުން.
  • އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްގެ މީޓިންގތަކަށް އެޓެންޑްވުން.
  • ޓިވެޓް ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓްކުރާނެ ޕޮލިސީތައް އެކުލަވައިލުން.
  • އެސެސްމަންޓް އެންޑް ސެޓިފިކެޝަން ޕޮލިސީތައް އެކުލަވައިލުން.
  • ޓިވެޓް ޕްރޮގްރާމްތައް މޮނިޓަރކޮށް އެސެސްކުރާނެ ޕްލޭނެއް ރޭވުން.

މަޤާމުގެ ޝަރުޠު:                              

  1. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ކަރިކިއުލަމް ޑިވެލޮޕްމަންޓް ނުވަތަ ވަކި މާއްދާތަކުގެ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ކަރިކިއުލަމް ޑިވެލޮޕްމަންޓް ނުވަތަ ވަކި މާއްދާތަކުގެ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ކަރިކިއުލަމް ޑިވެލޮޕްމަންޓް ނުވަތަ ވަކި މާއްދާތަކުގެ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ނުވަތަ ކަރިކިއުލަމް ޑިވެލޮޕްމަންޓް ނުވަތަ ވަކި މާއްދާތަކުގެ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.                                 

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 22 މާރިޗު 2015 އާއި 26 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ)  ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.tvet.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 15 ވަނަ ދުވަހުގެ 14:45 ގެ ކުރިއެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341310 ނަންބަރު  ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015