ދިވެހިރާއްޖެ
ހދ.މަކުނުދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް "ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް – 2023" އަށް އިސްލާހުތަކެއް ގެނެވިފައިވާތީ، ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި ނަންބަރު IUL)270/270/2023/104) އިޢުލާން ބާތިލުކޮށް، 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯއްޗަށް އަލުން އިޢުލާންކުރުމަށް މަކުނުދޫ ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން 2023 އޮކްޓޯބަރ 04 ވާ ބުދަ ދުވަހުންފެށިގެން 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.
ގޯއްޗަށް އެދި ހުށައަޅާ ފޯމް ކައުންސިލްގެ ރިސެޕްޝަނުން އަދި އޮންލައިންކޮށް ލިބެންހުންނާނެއެވެ. ހުށަހަޅާ ފޯމްތައް ބަލައި ގަންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އަދި ފޯމް އޮންލައިންކޮށް ލިބެން ހުރުމާއިއެކު ފޯމް އޮންލައިންކޮށްވެސް ހުށަހެޅޭނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅާނީ އީމެއިލް ([email protected]) އަދި ގޫގުލްފޯމްގެ ޒަރިއްޔާއިންނެވެ. ގޯއްޗަށް އެދި ހުށައަޅާ ފޯމާއިއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔުންތައް ފޯމްއާއި އެކު އެއްހީރާސްކޮށް ހުށައަޅަންވާނެއެވެ. މިގޮތުން ބަންޑާރަ ގޯތި ދޫކުރުމަށް (IUL)270/270/2023/104 ނަންބަރު އިޢުލާނާއި ގުޅިގެން ފޯމް ހުށައަޅާފައިވާ ފަރާތްތަކުންވެސް އަލުން ފޯމު ހުށައަޅަންޖެހޭނެއެވެ. ނަމަވެސް ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމުގައި ބޭނުންކުރާ މިންގަނޑު (އުސޫލުގެ 24-29 ވަނަ މާއްދާ) އާއި މި ދެންނެވުނު އިއުލާނުގެ ފަހުން ހާލަތު ބަދަލުވެފައިވާނަމަ އެކަމާއި ގުޅޭ ސަޕޯޓިންގް ޑޮކިއުމަންޓްސް ހުށަހަޅަން ވާނެއެވެ. ޙާލަތު ބަދަލު ނުވާނަމަ ފޯމާއި އެކު އިތުރު ލިޔެކިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ކުރިން މި އިދާރާއަށް ހުށައަޅާފައިވާ ފޯމުގެ ކޮޕީ ބޭނުންވާ ފަރާތްތަކުން، ވައިބަރ ނުވަތަ ޓެލެގްރާމް މެދުވެރިކޮށް 9324714 ނަންބަރަށް މެސެޖު ކުރެއްވުމަށް އެދެމެވެ. ބަންޑާރަ ގޯއްޗަށްއެދި ފޯމް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި ރޭގަނޑު 10:00 އާއި ދެމެދު 9324714 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ގެވަޅު އުސޫލުގެ ލިންކް: https://rb.gy/rfkcu
ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް ލިންކް: https://rb.gy/ahvca
ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ހުށައަޅާ ގޫގުލްފޯމް ލިންކް: https://forms.gle/e6ci3nh51Jq2PP6b6
ތަރިކަ އިޤްރާރު ލިންކް: https://rb.gy/9m10c
ބަންޑާރަ ނުވަތަ އަމިއްލަ ގޯތި ދޫކޮށްލުމަށް ވާ އިޤްރާރު ލިންކް: https://rb.gy/iunpz
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީޢުލް އައްވަލް 1445