ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0007
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 10 މާރިޗު 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރޭމްޕް ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ރޭމްޕް ޑްރައިވަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް ޑިއުޓީ

އަސާސީ މުސާރަ:

ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން ކޮއްތު އެލަވަންސް، ދަތުރު ފަތުރުގެ އެލަވަންސް އަދި އެހެނިހެން އެލަވަންސް ތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އޭޕްރޮން އަދި ސަރވިސް ރޯޑުގެ ހުރިހާ ދަތުރުތަކެއް ކުރުން.
  • ގްރައުންޑް ސަޕޯޓްގެ ހުރިހާ އިކުއިޕްމެންޓްތަކެއް އޮޕަރޭޓް ކުރުން.
  • ގްރައުންޑް ސަޕޯޓްގެ ހުރިހާ އިކުއިޕްމެންޓްތަކާއި ވެހިކަލްތައް ސާފުކޮށް ފިއުލިންގގެ މަސައްކަތްތައް ބެލެހެއްޓުން.
  •  އެހެން މީހުންނާ ގުޅިގެން ހަވާލުކުރެވިފައިވާ މަސައްކަތް ކުރުން.
  • ލޯޑިންގ އަދި އަންލޯޑިންގގެ މަސައްކަތް ބެލެހެއްޓުމުގެ އިތުރުން ގްރައުންޑް ސަޕޯޓުގެ ވެހިކަލްތައް ދުއްވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި މުޢާމަލާތު ކުރަންއެގުން.
  • ގްރައުންޑް ސަޕޯޓްގެ ހުރިހާ ވެހިކަލްތަކާއި އިކުއިޕްމެންޓްތައް ދުއްވައި/އޮޕަރޭޓް ކުރުމުގެ ޓްރެއިނިންގ ލިބިފައިވުން.
  • ބޭސިކް އެއަރސައިޑް ސޭފްޓީ އެވެއަރނެސް ގެ ޓްރެއިނިންގ ލިބިފައިވުން.
  • މަސައްކަތުގައި އުޅޭއިރު ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ލޭބަރގެ މަސައްކަތް ކުރުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ސުންގަޑި:

10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިޔުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލިޓޑ.

ބިލްޑިންގ 100 ސ.ގަން

އައްޑޫސިޓީ/ގަން

ފޯނު: 6898010

އީމެއިލް: [email protected]

02 މާރިޗު 2015