ޢިއުލާނު
|
މަޤާމު:
|
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
GS3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ދިވެހިރާއްޖޭގެ ހައިކޯޓު
|
މުސާރަ:
|
-/4465 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޖުޑީޝަލް އެލެވެންސް: -/2009.25 (އަސާސީ މުސާރައިގެ %45)
- ސާރވިސް އެލެވެންސް:-/1500ރ.
- ލިވިންގއެލެވެންސް: -/2850ރ.
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ހައިކޯޓުގެ ސަރވަރތައް ބެލެހެއްޓުން.
- ކޯޓުގައި ބޭނުންކުރާ އެންމެހައި އައި.ޓީއާއި ގުޅުންހުރި ތަކެއްޗަށް ޓެކްނިކަލް ސަޕޯޓުދިނުން.
- ފައިލް ސަރވަރ ގައި ހިމެނޭ ހައިކޯޓުގެ ޑޭޓާތައް ޤަވާޢިދުން ބެކަޕް ނެގުން.
- ހައިކޯޓުގެ ލޭން ނެޓްވޯކު ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.
- ހައިކޯޓަށް ނަގާފައިވާ އައި.ޓީއާއި ގުޅުންހުރި ހިދުމަތްތަކަށް ދިމާވާމައްސަލަތައްބަލާ، އެހިދުމަތްތައް ދޭ ފަރާތާއެކު ކުރަންޖެހޭ މުޢާމަލާތްކޮށް ހައްލުކުރުން. (މިސާލު: އިންޓަރނެޓްގެ ހިދުމަތް، ފޮޓޯކޮޕީ ސާވިސް ހިދުމަތް)
- ހައިކޯޓުގައި ހުރި ކޮމްޕިޔުޓަރ ސިސްޓަމްތަކުގެ ތެރެއިން ވޮރަންޓީގެ މުއްދަތުގައިހުރި ސިސްޓަމްތަކަށް ހާޑްވެއަރގެ މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ވޮރަންޓީ ދީފައިވާ ފަރާތާ ގުޅައިގެން މައްސަލަ ޙައްލުކުރުން.
- ވޮރަންޓީގެ މުއްދަތުގައިވާ ސިސްޓަމްތަކަށް ހާޑްވެއަރގެ މައްސަލައެއް ފިޔަވައި އެހެން މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރުން.
- އައި.ޓީ. ސެކްޝަނަށް ހޯދަންބޭނުންވާ ތަކެތިހޯދުމަށް ތިންތަނުން ކޯޓޭޝަންނެގުން.
- އައި.ޓީ އާއިބެހޭ ބިޑްތައް އެވަލުއޭޓު ކުރުމުގައި ޓެކްނިކަލް ސަޕޯޓް ދިނުން.
- ހަލާކުވާ މެޝިނަރީސް ފަދަ ތަކެތި ހެދޭވަރުނުވާނަމަ އެގެއްލުމެއް ބަޔާންކޮށް އެތަކެތި ނީލަމަށް ފޮނުވުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ކޯޓުން ކަނޑައަޅާ ކޯސް، ސެމިނާރ، ވޯކްޝޮޕާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުން.
- ޝަރީއަތް ހިންގުމުގައި ބޭނުން ކުރާ އައި.ޓީއާއި ގުޅުންހުރި އެންމެހައި ތަކެއްޗަށް ޓެކްނިކަލް ސަޕޯޓް ދިނުން.
- ޝަރީއަތް ހިނގަމުންދާ ވަގުތުތަކުގައި ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެކަމަށްބަލާ، ޝަރީއަތް ނިމެންދެން ލަސްނުވެ ހިދުމަތް ދެވޭނެ ގޮތައް މަޑުކުރުން.
- ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އައު ޓެކްނޮލޮޖީގެ ދިރާސާކުރުމާއި މަޝްވަރާކޮށް ތައާރަފް ކުރުން.
- ކޯޓުގަ ބޭނުންކުރާ މެއިލް މެނޭޖްމަންޓް ސިސްޓަމްއަށް (މެމްސް) ދިމާވާ މައްސަލަތައް ޑިޕާޓްމަންޓައާއި ގުޅުއްވައިގެން ހައްލުކުރުން.
- ސެކްޝަނަށް ލިބޭ ލިއުންތަކަށް އެޅޭ ފިޔަވަޅުނޯޓްކޮށް ލިއުންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުން.
- ސެކްޝަނަށް ބޭނުންވާ ސްޓޭޝަނަރީސްއަށް ރިކުއެސްޓް ކުރުން.
- ކަމާއިގުޅުންހުރި ސެކްޝަންތަކުން ރިކުއެއްސްޓް ކުރުމުން އެރިކުއެސްޓްތައްބެލުމަށް ފަހު:
- ކޯޓުގަ ބޭނުންކުރާ މެއިލް މެނޭޖްމަންޓް ސިސްޓަމްގަ (މެމްސް) ޔޫސަރސް ކްރިއޭޓްކޮށް އެކްސަސްދިނުން.
- ކޯޓުގަ ބޭނުންކުރާ ޖެމްސް ސިސްޓަމްގަ އެން.ސީ.އައި.ޓީ މެދުވެރިކޮށް ޔޫސަރސް ކްރިއޭޓް ކުރުމުގައި އެހީތެރިވެދިނުމާއި ޕާސްވޯޑު ރިސެޓް ކުރުމާއި ލޮކުވެފައިވާ އެކައުންޓްތައް އަންލޮކު ކުރުމާއި ދިމާވާ މައްސަލަތައް އެން.ސީ.އައި.ޓީ އާއި ގުޅައިގެން ހައްލުކުރުން.
- ހައިކޯޓުގެ ކޮންމެ މުވައްޒަފަކަށް، އެކްޓިވް ޑައިރެކްޓަރީގައި ޔޫސަރއެއް ކްރިއޭޓް ކޮށްދިނުމާއި، އެ ޔޫސަރތަކަށް ރައިޓްސް ދިނުން.
- ފައިލް ސަރވަރގަ ހިމެނޭ ފޯލްޑަރސްތަކުގެ ސެކުރިޓީ ރައިޓްސް ދިނުމާއި ކޮންޓުރޯލްކޮށް ބެލެހެއްޓުން.
- ހައިކޯޓުގެ ޑޮމެއިންގައި ހިމެނޭ (highcourt.gov.mv) ހައިކޯޓުގެ މެއިލް އެޑްރެސްތައް މެނޭޖްކުރުން.
- ޙާޟިރީ ބަލަހައްޓާ ޑިވައިސްއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކަށް، މުވައްޒަފުންގެ މައުލޫމާތު (ފިންގަ ޕުރިންޓް، ކާޑު، ނަން، ރީކޯޑުކާޑު ނަންބަރު) އަޕްޑޭޓްކުރުން.
- އެކްސެސް ކޮންޓްރޯލް ސިސްޓަމްގެ އެކްސެސް މެނޭޖުކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ތަޢުލީމީ ރޮނގު
|
ކޮމްޕިއުޓަރ ސައިންސް / އިންފޮމޭޝަން ޓެކްނޮލޮޖީ
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ނެޓްވަރކް މެނޭޖްމަންޓް
- އައިޓީ ސެކިއުރިޓީ
- ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖީނިއަރިންގ
|
އެހެނިހެން ޝަރުތު:
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަނަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
- މަންމަ ( ދޮންމަންމަ ހިމެނޭގޮތަށް)
- ބައްޕަ (ދޮންބައްޕަ ހިމެނޭގޮތަށް)
- ކާފަ
- މާމަ
- އަނބިމީހާ
- ފިރިމީހާ
- މައިދައިތަ
- ބަފައިބެ
- ބޮޑުދައިތަ
- ބޮޑުބޭބެ
- އެއްބަނޑު މީހުން
- އެއްބަފާ މީހުން
- އެއްބަނޑު އެއްބަފާ މީހުން
- ދަރިން (ކާފަދަރިންނާއި، މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
- މަތީގައި ބަޔާންކޮށްފައިއެވާ 9 އިން 14އަށް ހުރި ފަރާތްތަކުގެ ތެރެއިން ފަރާތަކާ ކައިވެނިކޮށްގެން އުޅޭ މީހުން
|
ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ހައިކޯޓުގެ ވެބްސައިޓުން، ކޯޓުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.highcourt.gov.mv
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ)ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މާރކްސް
|
އަސާސީ ޝަރުތު ހަމަވުން
|
30
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް
|
5
|
އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އިމްތިހާން ނުވަތަ ޕްރެކްޓިކަލް
|
25
|
އިންޓަރވިއު
|
35
|
ޖުމްލަ
|
100
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮކްޓޫބަރު 2023 ގެ 13:00 ގެ ކުރިން، ހައި ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއުއަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނީ، 15 އޮކްޓޫބަރު 2023 އާއި 23 ނޮވެންބަރު 2023 އާ ދެމެދު، ހައިކޯޓު ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
- ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ
|
އިތުރު މަޢުލޫމާތު
|
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓު www.highcourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3325029 އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަވިއުއަށް ކިޔާނީ ޕްރެކްޓިކަލް ޓެސްޓުން %50 ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.
|
04 އޮކްޓޫބަރު 2023
19 ރަބީޢުލްއައްވަލް 1445
|