ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0005
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 10 މާރިޗު 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ފިއުލިންގ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އޮފިސަރ ފިއުލިންގ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ޝިފްޓް ޑިއުޓީ

އަސާސީ މުސާރަ:

ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން ކޮއްތު އެލަވަންސް، ދަތުރު އެލަވަންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. (ސައިންސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ޖެޓް ފިއުލް އަދި މަލްޓި ޕްރޮޑަކްޓް އިންވެންޓްރީގެ މަސައްކަތް ބެލެހެއްޓުން.
  • ޓޭންކް، ފިލްޓަރ އަދި ޕްރޮޑަކްޓް ރިކަވަރީ ޓޭންކް ރަނގަޅަށް ބަލައި ޑޮކިއުމެންޓް ކުރުން.
  • އެކުގައި މަސައްކަތް ކޮށްއުޅޭ މީހުންނަށް މަސައްކަތުގެ މަޢުލޫމާތު ދިނުން އަދި ގަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުން.
  • އެއަރކްރާފްޓް ރީފިއުލިންގގެ މަސައްކަތް ބެލެހެއްޓުމާއެކު ސްޓޮކް ރިކޯޑުގެ މަސައްކަތް ބެލެހެޓުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި ދިވެހި އަދި އިނގިރޭސިބަހުން  މުޢާމަލާތު ކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް)
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކަށް ވުން
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުން

ހުށަހަޅަންޖެހޭ ލިޔުންތައް

- ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ)

ސުންގަޑި:

10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިޔުއުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

02 މާރިޗު 2015