ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2015/0006
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 10 މާރިޗު 2015 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޓަރ ރިފިއުލަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އޮޕަރޭޓަރ ރިފިއުލަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި

މީގެ އިތުރުން ކޮއްތު އެލަވަންސް، ދަތުރު އެލަވަންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން. (ސައިންސް ސްޓްރީމް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ) 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އެއަރކްރާފްޓްތައް ރީފިއުލްކޮށް ފިއުލިންގ އޮފިސަރގެ އިރުޝާދުގެ ދަށުން މަސައްކަތުގައި އެހީތެރިވުން.
  • ރިފިއުލަރއަށް އަދި ފިއުލްކުރުމުގައި ގެންގުޅޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލައި ޗެކްކޮށް އޮފިސަރ ފިއުލިންގއަށް އެންގުން.
  • ފްލައިޓް ޝެޑިއުލް ބަލައި ޖެޓް ފިއުލް ރީފިއުލާއަށް އަޅައި ބެހެއްޓުން
  • ފަރުވާތެރިކަމާއެކު އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކުރާ " ޑީ.އޯ " ލައިސެންސް ލިބިފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކަށް ވުން.
  • ކުރަން ޖެހިއްޖެ ހާލަތެއްގައި ލޭބަރުގެ މަސައްކަތް ކުރެވޭނެ މީހަކަށް ވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށް ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

- ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ސުންގަޑި:

10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން

އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ލިޔުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ.

ބިލްޑިންގ 100 ސ. ގަން

އައްޑޫ ސިޓީ/ގަން

ފޯން: 6898010

އީމެއިލް:[email protected]

02 މާރިޗު 2015