ކުއްޔަށް ދިނުން
ނަންބަރު: (IUL)386/386/2023/59
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 26 އޮކްޓޫބަރު 2023 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

އިޢުލާން

 

ފައިބަރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

            މި ކައުންސިލްގެ ނަންބަރު (IUL)386/386/2023/55 (06 ސެޕްޓެންބަރު 2023) އިޢުލާނުގައިވާ ބިންތައް ކުއްޔަށް ހިފުމަށްއެދި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ނުވާތީ، މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 4 ބިން، ފައިބަރ ގްލާސް މަސައްކަތް ކުރުމަށް އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

              ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 15 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             19 ރަބީޢުލްއައްވަލް 1445

             04 އޮކްޓޫބަރު 2023

04 އޮކްޓޫބަރު 2023