ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/98
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 06 އޮކްޓޫބަރު 2023 23:59
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން މީޓަރު ހަރުކުރާނެ ތަން ހަމަޖެހިފައި ނެތް ގޯތިތަކުން އެ އިންތިޒާމް ހަމަޖެއްސުމަށް.

              ހއ.ބާރަށުގައި ކުރިއަށްދާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެން މީޓަރު ހަރުކުރުމަށް ހަމަޖެހިފައިވާ ތަންތަނުގައި މީޓަރު ހަރުކުރެވޭނެހެން ސިމެންތިޖަހާފައިވާ ފާރެއް ނުވަތަ ތަނބެއް ހުންނަންޖެހޭނެ ކަމަށާއި އެގޮތަށް އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލުން އަންގާފައިވީނަމަވެސް ބައެއް ތަންތަނުގައި އެ އިންތިޒާމް ހަމަޖެހިފައި ނެތުމުގެ ސަބަބުން މީޓަރު ހަރުނުކުރެވި ހުރިކަން ފާހަޤަކުރަމެވެ.

 

              އެގޮތުން މީޓަރު ހަރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ތަންތަނުގެ ލިސްޓް މި އިޢުލާންއާއިއެކު އެޓޭޗުކުރެވިފައިއެވަނީއެވެ. ވީމާ ލިސްޓުގައި ހިމެނޭ ތަންތަނުގައި ފެންމީޓަރު ހަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސެމަށްފަހު 06 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ ނިޔަލަށް މިކައުންސިލަށް ދުރުވެ ނުވަތަ ކައުންސިލް މެމްބަރ އާމިނަތު ނަޡުމާއަށް ގުޅުއްވާ އެންގެވުން އެދެމެވެ.

 

              މި މުއްދަތުގެ ތެރޭގައި އިންތިޒާމް ހަމަނުޖެއްސުމުގެ ސަބަބުން މީޓަރު ހަރުނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ ކައުންސިލް އަދި ކޮންޓްރެކްޓަރއަށް ނެގެން ނޯންނާނެ ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

             

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

              19 ރަބީޢުލްއައްވަލް 1445

              04 އޮކްޓޫބަރު 2023

 

04 އޮކްޓޫބަރު 2023