ނީލަން
ނަންބަރު: 137-IU/PR/2023/65
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 12 އޮކްޓޫބަރު 2023 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި ބައެއް ތަކެތި ނީލަންކިޔުން

                                                        ނަމްބަރު: 137-IU/PR/2023/65

އިޢުލާން    

 އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ.

1-      ދަނގަޑު ހޮޅި (ކުރިން ފަޔަރހޮޅި ލައިނަށް ބޭނުންކޮށްފައި ހުރި) އެކި ސައިޒުގެ އަދި އެކިވަރުގެ

2-      ލެބް މެޝިން

3-      ތެޔޮ އަޅާ ޓޭންކް 4X3 ފޫޓްގެ

4-      ކޭބަލް ބުރިތަކެއް (ބޭނުންކޮށްފައި ހުރި)

5-      މޮނީޓަރުތަކެއް (ބޭނުންކޮށްފައި ހުރި)

6-      ފޯނުތަކެއް (ބޭނުންކޮށްފައި ހުރި)

7-      ސެޓް ދަގަނޑު ގޮނޑި (4 ގޮނޑީގެ)

8-      ގޮނޑި (ރަތް މަޚުމާޖެހި)

9-      ޕްލާސްޓިކް ގޮނޑި

10-  ސޯލަރ ހީޓަރ ޕެނަލް (ހަރުކޮށްފައިހުރި ބްރެކެޓްތަކާއިއެކު)

11-  މޯޓަރ

12-  ތާނގި (ހޫނުފެން އަޅާ)

13-  އޭ.ސީތަކެއް (އިންޑޯ އަދި އައުޓްޑޯ)

14-  ވެކިއުމް ކޮމްޕްރެޝަރ

     ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ.

ތަން

ގަޑި

ތާރީޚް

ތަފްޞީލު

އައި.ޖީ.އެމް ހޮސްޕިޓަލް ޕްރޮކިއުމަންޓް

13:00

12 އޮކްޓޯބަރ 2023

 

މުދާ ބެލުމާއި އަގު ހުށަހެޅުން

  • ނީލަމުގައި ބައިވެރިވެވޭނީ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ. 
  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

                  18 ރަބީޢުލް އައްވަލް 1445

                  03 އޮކްޓޯބަރ 2023


ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް

ލޮޓް ނަންބަރ

ނީލަން ފެށޭ އަގު (ރުފިޔާ)

އިތުރު ކުރެވޭ އަގު (ރުފިޔާ)

ޢަދަދު

ތަކެތީގެ ބާވަތް

ހުރިތަން

L1

5000

500

 

ދަނގަޑު ހޮޅި (ކުރިން ފަޔަރހޮޅި ލައިނަށް ބޭނުންކޮށްފައި ހުރި) އެކި ސައިޒުގެ އަދި އެކިވަރުގެ

ކުރީގެ މިސްކިތް ހުރި ސަރަހައްދު

L2

500

10

02

ލެބް މެޝިން

"

L3

2500

200

01

ތެޔޮ އަޅާ ޓޭންކް 4X3 ފޫޓްގެ

"

L4

1500

200

-

ކޭބަލް ބުރިތަކެއް (ބޭނުންކޮށްފައި ހުރި)

"

L5

500

50

-

މޮނީޓަރުތަކެއް (ބޭނުންކޮށްފައި ހުރި)

"

L6

250

50

-

ފޯނުތަކެއް (ބޭނުންކޮށްފައި ހުރި)

"

L7

500

50

05

ސެޓް ދަގަނޑު ގޮނޑި (4 ގޮނޑީގެ)

"

L8

500

20

07

ގޮނޑި (ރަތް މަޚުމާޖެހި)

"

L9

100

10

07

ޕްލާސްޓިކް ގޮނޑި

"

L10

1100

1000

85

ސޯލަރ ހީޓަރ ޕެނަލް (ހަރުކޮށްފައިހުރި ބްރެކެޓްތަކާއިއެކު)

ޓެރަސްމަތި

L11

1000

250

01

މޯޓަރ

"

L12

1500

300

04

ތާނގި (ހޫނުފެން އަޅާ)

"

L13

2500

500

-

އޭ.ސީތަކެއް (އިންޑޯ އަދި އައުޓްޑޯ)

ކުރީގެ މިސްކިތް ސަރަހައްދު

L14

5000

500

01

ވެކިއުމް ކޮމްޕްރެޝަރ

ބޭސްމަންޓް ވޯރކްވޭ

 

އަގު ހުށަހެޅުން

އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.

 

ފައިސާދެއްކުން

ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ އެ ނީލަން ކާމިޔާބުކުރި އަގު 24 (ސައުވީސް) ގަޑިއިރު ތެރޭގައި ދައްކައި ޚަލާސްކުރުމުންނެވެ.

 

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓަށް ފައިސާ ދެއްކުމަށްފަހު ، ނީލަމުން ނަގާ މުދާ 36 (ތިރީސްހައެއް) ގަޑިއިރު ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތައިލެވޭނެއެވެ.

03 އޮކްޓޫބަރު 2023