ތަމްރީނު
ނަންބަރު: (IUL)428/1/2015/3
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 22 މާރިޗު 2015 15:00
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
'ފުޑް އެންޑް ބެވަރެޖް ސާރވިސަސް'ގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ 1000 ފުރުޞަތު

ތަމްރީނު

'ފުޑް އެންޑް ބެވަރެޖް ސާރވިސަސް'ގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ 1000 ފުރުޞަތު

"ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ހެދުން" މިސިޔާސަތުގެ ދަށުން 'ފުޑް އެންޑް ބެވަރެޖް ސާރވިސަސް'ގެ ދާއިރާއިން 1000 މީހުން ތަމްރީނުކުރުމުގެ ފުރުޞަތުގައި ބައިވެރިވުމަށް ޢާންމުކޮށް ހުޅުވާލަމެވެ.

މިޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް ލިބޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ނުވަތަ 4 ގެ ސަނަދެކެވެ.

ކޯސް

ބައިވެރިވުމުގެ ޝަރުޠު

ކޯހުގެ މުއްދަތު

ސެޓުފިކެޓު 3

  • ގްރޭޑް 7 ފުރިހަމަކޮށްފައިވުން.

6 މަސް

ސެޓުފިކެޓު 4

  • ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  • އެމް. އެން.ކިއު.އެފް ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

1 އަހަރު

ކޯހުގައި ކިޔެވުން އޮންނާނީ ރަށުގައި ތިބެގެން، ތިއަރީބައި ކިޔެވުމާއެކު، ރެސްޓޯރަންޓް ނުވަތަ ކޮފީޝޮޕެއްގައި ދަސްވާރެއްގެ ގޮތުގައި ޕްރެކްޓިކަލް ބައި ފުރިހަމަކޮށް ކޮމްޕިޓެންސީ ބެލުމަށް އެސެސަރއެއް މެދުވެރިކޮށް ދެވޭ އިމްތިޙާނަކުން ފާސްވެގެންނެވެ.

ކޯހުގެ ފީ:

-/3500 (ތިން ހާސް ފަސްސަތޭކަ ރުފިޔާ) – (މިބުރުގައި ބައިވެރިވުމަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައިވާ)

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ)

ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ރަސްމީ ފަރާތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމު ނުވަތަ ތަމްރީނުގެ ސަނަދެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކޮށްފައި)

ރ- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.

ބ. ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ހ. ވެލާނާގެ (1 ވަނަ ފަންގިފިލާ) އޮފީސް ނުވަތަ [email protected] އީމެއިލަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 މާރިޗު 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ :

  1. މިނިސްޓްރީ އޮފް އެޑިއުކޭޝަން- ވެބްސައިޓް: www.moe.gov.mv     
  2. ޓިވެޓް އޮތޯރިޓީ ވެބްސައިޓް:  www.tvet.gov.mv

ނޯޓް:  

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 / 3341310 / 3347422 ފޯނަށް ގުޅުއްވުން އެދެމެވެ. 

02 މާރިޗު 2015