ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2023/113
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 11 އޮކްޓޫބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 60.11 ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ހުސްނުހީނާގެ، ރަޞިއްޔާ މޫސާކަލޭފާނުގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

       މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 60.11 ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ހުސްނުހީނާގެ، ރަޞިއްޔާ މޫސާކަލޭފާނުގެ ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 ރަބީޢުލް އައްވަލް 1445

03 އޮކްޓޯބަރ   2023 

03 އޮކްޓޫބަރު 2023