ދެންނެވުން
ނަންބަރު: IL/2023/5551
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 02 އޮކްޓޫބަރު 2023 23:59
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

     މާދަމާ 02 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެމްއެމްއޭ އާއި ބޭންކުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަހު މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 14:00 އަށް.

     ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

01 އޮކްޓޫބަރު 2023