ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ފުޓްސަލް، ހޭންޑްބޯލް، އަދި ފުޓްބޯޅަ މުބާރާތް ތިރީގައި މިދަންނަވާ ތާރީޚްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
01- ފުޓްސަލް މުބާރާތް: (ހަމަ އެކަނި ފިރިހެނުންނަށް)
ފަށާތާރީޚް: 2023 އޮކްޓޯބަރ 22 ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 10 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި 2023 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 1000.00 (އެއްހާސްރުފިޔާ)
02- ހޭންޑް ބޯލް މުބާރާތް (ހަމަ އެކަނި އަންހެނުންނަށް)
ފަށާތާރީޚް: 2023 ނޮވެމްބަރ 09، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި، 2023 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 500.00 (ފައްސަތޭކަރުފިޔާ)
03- ފުޓްބޯޅަ މުބާރާތް
ފަށާތާރީޚް: 2023 ޑިސެމްބަރ 2، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 2023 ނޮވެމްބަރ 9 ވަނަ ދުވަހުގެ 14:00، ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑި، 2023 ނޮވެމްބަރ 23 ވަނަ ދުވަހުގެ 14:00، މުބާރާތުގައި ބައިވެރިވުމުގެ ފީ 1000.00 (އެއްހާސްރުފިޔާ)
މުބާރާތުގައި ބައިވެރިވުމުގެ ފީ ޓްރާންސްފަރ ކުރާނީ ނަންބަރު: 7730000135156 ރެވެނިއު 1 އެކައުންޓަށެވެ. މުބާރާތުގައި ބައިވެރިވާ ފޯމުގައި ސްލިޕް ހިމަނަންވާނެއެވެ. މުބާރާތުގެ އިތުރު މަޢުލޫމާތު މުބާރާތުގެ ޤަވާއިދުގައި ހިމެނިފައިވާނެއެވެ.
ގަވާއިދުތަކުގެ ލިންކް https://drive.google.com/drive/folders/1nLq0HiO-SfBAIENQlcp0cm-OnZD1aXTv?usp=sharing
މުބާރާތުގައި ބައިވެރިވާ ފޯމް ލިންކް، https://forms.gle/GJfZTJasoHsuXNqW6