ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2023/126
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 21 އޮކްޓޫބަރު 2023 00:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުންޑޫ، ކަޅައިދޫއިން ގަމަށް ބަދަލުވި ގޭގެއަށް އިނާޔަތްދިނުމާ ގުޅޭ.

އިޢުލާން

 

މުންޑޫ، ކަޅައިދޫއިން ގަމަށް ބަދަލުވި ގޭގެއަށް އިނާޔަތްދިނުމާ ގުޅޭ.

އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ޢާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް، އެ ޢާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާތީ، ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް 50,000.00 (ފަންސާސްހާސް) ރުފިޔާގެ އިނާޔަތެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައިއެވެ.

ވީމާ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައި އިނާޔަތަށް އެދި، މި އިދާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ (މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ) ވެރިފަރާތުންނެވެ. ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ، ވާރިޘުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުންނެވެ. އަދި މި ފުރުޞަތު ހުޅުވިފައި އޮންނާނީ 05 އޮކްޓޯބަރ 2023 ން 21 އޮކްޓޯބަރ 2023 އަށް ކަމުގައިވެސް ދެންނެވީމެވެ.

13 ރަބީޢުލްއައްވަލް 1445

28 ސެޕްޓެމްބަރ 2023

28 ސެޕްޓެންބަރު 2023