ބީލަން
ނަންބަރު: (IUL)225-CA/225/2023/56
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި:
23 އޮކްޓޫބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.އަތޮޅު ކައުންސިލަށް އަލަށް އިތުރުކުރެވޭ އެކްސްޓެންޝަން ބައިގެ މަސައްކަތް ކުރުން
- މި ކައުންސިލަށް އަލަށް އިތުރުކުރެވޭ ބައި (އެކްސްޓެންޝަން -2) ގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ކުރެވިފައިވާ ނަންބަރު: (IUL)225-CA/225/2023/44 (29 އޮގަސްޓް 2023) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާކަމަށް މި ކައުންސިލަށް ފެންނާތީ، މި ކައުންސިލަށް އަލަށް އިތުރުކުރެވޭ އެކްސްޓެންޝަން ބައިގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2023 ސެޕްޓެންބަރު 27 ވަނަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް ފޯމް ލިންކް: https://forms.office.com/r/JNimjaWAD5 ބޭނުން ކުރުން އެދެމެވެ.
- ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް 2023 ސެޕްޓެންބަރު 26 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 6,913.00 (ހަ ހާސް ނުވަ ސަތޭކަ ތޭރަ ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
- މި ބީލަމާ ގުޅިގެން ޕްރީބިޑް މީޓިންގ އޮންނާނީ 2023 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 13:00 ގައި ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން ނަންބަރު: 6500344
26 ސެޕްޓެންބަރު 2023