ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/429
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:55
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 (ދެވަނަ ބުރު) - ވޯޓި ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2023/429​ :ނަންބަރު

އިޢުލާން

 

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/412 އަދި (IUL)38-AC/38/2023/415 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2023 ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

ވޯޓުފޮށީގެނަންބަރު

ޅ. ނައިފަރު،
 މަދްރަސަތުލް އިފްތިތާޙް ޖަލާލުއްދީން މާލަމް ހޯލުގެ ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް  ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ޅ. ނައިފަރު-2

G02.02.2

134

ޅ. ނައިފަރު،
 މަލްޓިޕާޕަސް ބިލްޑިންގް

މި ފޮށްޓަށް ވޯޓުލާނީ އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން އިރަށް ފިނިއުނިމާގެއާ ހިސާބުން އިރަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-3

G02.02.3

135

ޅ. ނައިފަރު،
 ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން އިރަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި،  ޓިޔުލިޕް ހިނގުމުން  އުތުރުގެއާ ހިސާބުން ހުޅަނގަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ،ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންނާއި،މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާ މީހުންނެވެ.

ޅ. ނައިފަރު-4

G02.02.4

136

ހުޅުމާލެ،
 ރެހެންދި ސްކޫލުގެ ކްލާސްރޫމް 6D

މި ފޮށްޓަށް ވޯޓުލާނީ، ނިރޮޅު މަގާއި ޗަނބޭލި މަގު-01 ނަންބަރު ގޯޅިއާއި ގުޅޭ ނުކުތާއިން، ޗަނބޭލި މަގު-01 ނަންބަރު ގޯޅިން ހުޅަނގަށް، ޗަނބޭލީމަގުން އުތުރަށް، އޯކިޑްމާ ހިނގުމުން ހުޅަނގަށް، ފިތުރޯނު މަގުން އުތުރަށް، ދެތަނޑިމާ ހިނގުމުން އިރަށް، ރީތި ގަސް މަގުން ދެކުނަށް، ބަގީޗާ ހިނގުމުން އިރަށް، ހިތިގަސް މަގުން ދެކުނަށް، ހުވަނދުމާ ހިނގުމުން އިރަށް، ނިރޮޅު މަގުން ދެކުނަށް ގޮސް ޗަނބޭލި މަގު-01 ނަންބަރު ގޯޅިއާއި ގުޅޭ ނުކުތާ އިން ވަށާލެވޭ ސަރަހައްދުތަކުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހުޅުމާލެ-3

T01.1.3

161

ހުޅުމާލެ،
 ހުރަވީ ސްކޫލްގެ ކޮންފަރެންސް ރޫމް

މިފޮށްޓަށް ވޯޓުލާނީ ނިރޮޅުމަގު-15 ނަންބަރު ގޯޅި އާއި ކާނިމަގު ގުޅޭނުކުތާއިން، ކާނިމަގުން ދެކުނަށް، ނިރޮޅުމަގު-17 ނަންބަރު ގޯޅިން ހުޅަނގަށް، ނިރޮޅުމަގުން ދެކުނަށް، ޗަބޭލީމަގު-4 ނަންބަރު ގޯޅިން ހުޅަނގަށް، ރަބަރުގަސްމަގުން އުތުރަށް، އަސުރުމާހިގުމުން ހުޅަގަނގަށް، ރީތިގަސްމަގުން އުތުރަށް، އޯކިޑްމާހިނގުމުން އިރަށް، ޗަބޭލީމަގުން ދެކުނަށް، ޗަބޭލީމަގު-1 ނަންބަރު ގޯޅިން އިރަށް، ނިރޮޅުމަގުން އުތުރަށް، ނިރޮޅުމަގު-15 ނަންބަރު ގޯޅިން އިރަށްގޮސް ކާނިމާމަގާއި ގުޅޭ ނުކުތާ އިން ވަށާލެވޭ ސަރަހައްދުތަކުގައިވާ ގޭގޭގެ މީހުންނާއި ހުޅުމާލެ ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓަރީގައިވާ މީހުންނެވެ.

ހުޅުމާލެ-4

T01.1.4

162

މާލެ،
 ހިރިޔާ ސްކޫލް ސްކައުޓް ރޫމް

މިފޮށްޓަށް ވޯޓުލާނީ ޖަވާހިރުމަގާއި ނަސީމީހިނގުމާއި ގުޅޭ ނުކުތާއިން، ނަސީމީހިނގުމުން ހުޅަނގަށް، އުނިގަސްމަގުން އުތުރަށް، ދަކަނދާމަގުން ހުޅަނގަށް ހަނދުވަރީހިނގުމުން ދެކުނަށް، ބުރުޒުމަގުން އިރަށް، ހިލާލީމަގުން އުތުރަށް، އިސްކަންދަރުމަގުން އިރަށް، ޖަވާހިރުމަގުން އުތުރަށްގޮސް ނަސީމީމަގާއި ގުޅޭ ނުކުތާ އިން ވަށާލެވޭ ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

މާފަންނުމެދު-3

T11.1.3

210

ތ. ތިމަރަފުށި،
 ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެބުރި އިމާރާތުގެ ގްރޭޑް 9 ކްލާސްރޫމް

މި ފޮށްޓަށް ވޯޓުލާނީ ތިމަރަފުށީ، ލިލީމަގުން އިރަށްގޮސް ޣާޒީމަގުން ދެކުނަށްގޮސް އިރަމާމަގުން އިރަށް ގޮސް ސަތަރުގޯޅިން ދެކުނު، ގަދަހަމައިދިމަގުގެ އުތުރާއި ދެމެދުގައިވާ ސަރަޙައްދުގެ ދެމެދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ތ. ތިމަރަފުށި-2

N02.10.2

298

26 ސެޕްޓެންބަރު 2023