ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2023/150
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 26 ސެޕްޓެންބަރު 2023 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖަހާފައިވާ ޕާކިންގ ސްޓިކަރ އާ ގުޅޭ

އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖަހާފައިވާ ޕާކިންގ ސްޓިކަރ އާ ގުޅިގެން 17 ނޮވެންބަރު 2018 އިން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ކުރެވިފައިވާ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައި އެކަން އިޢުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާތީ ދެންނެވުނު މުއްދަތުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން އަރާފައިވާ ޖޫރިމަނާ އަކީ މަޢާފުވެފައިވާ ޖޫރިމަނާއެއްކަމަށް މި މިނިސްޓްރީން ކަނޑައަޅާފައިވާ ކަމުގައި ދަންނަވަމެވެ. އަދި  ދެންނެވުނު ޖޫރިމަނާތައް މި މިނިސްޓްރީގެ ސިސްޓަމް ތެރެއިން އުނިކުރެވިފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ.

ވުމާއެކު، ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން އިސްވެ ބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި އަރާފައިވާ ޖޫރިމަނާއަކާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ، އެކަން ލަސްނުކުރައްވާ މި މިނިސްޓްރީ އަށް މެއިލްގެ ޛަރީއާއިން އަންގަވައިދެއްވުމަށް ދަންނަވަމެވެ. މެއިލް ފޮނުއްވާނެ އެޑްރެހަކީ [email protected] އެވެ. 

26 ސެޕްޓެންބަރު 2023