ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)195-AGA//2023/37
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 05 އޮކްޓޫބަރު 2023 00:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދުން އުވާލި މާއްދާތައް އާންމުކުރުން

1 މެއި 2011 ގައި ޢަމަލު ކުރަންފެށި، "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދު"ގައި ހިމެނޭ މުވައްޒަފުންގެ ބައިތައް ވަކިކޮށް މުވައްޒަފުންނަށް ޚާއްޞަކޮށް "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު"ގެ ނަމުގައި އާ ގަވާއިދެއް އެކުލަވާލައި 04 ސެޕްޓެންބަރު 2023 ގައި ވަނީ މި ގަވާއިދަށް ޢަމަލު ކުރަން ފަށާފައެވެ. މި ދެންނެވި ގަވާއިދަށް ޢަމަލު ކުރަން ފެށުމާއެކު،1 މެއި 2011 ގައި ޢަމަލު ކުރަންފެށި،"ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދު"ގައި ހިމެނޭ، މުވައްޒަފުންނަށް ގުޅޭ ބައިތައް ވަނީ އުނިކުރެވިފައެވެ.

އެގޮތުން އުނިކުރެވުނު ބައިތައް އެނގޭނެ ލިސްޓެއް މިޢުލާނާއެކު އާންމުކުރެވިފައި އެވަނީއެވެ. 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

10 ރަބީޢުލްއައްވަލު 1445

25 ސެޕްޓެންބަރު 2023

26 ސެޕްޓެންބަރު 2023