ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AD/225/2023/55
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 08 އޮކްޓޫބަރު 2023 12:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ތިލައުތުރު ފުޓްސަލް މުބާރާތް 2023 " ބައިވެރިވުމާ ގުޅޭ

"ތިލައުތުރު ފުޓްސަލް މުބާރާތް- 2023 " ބައިވެރިވުމާ ގުޅޭ

މި އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2023" ނަމުގައި ފުޓްސަލް މުބާރާތެއް މި ކައުންސިލާއި މާރަންދޫ ކައުންސިލާ ގުޅިގެން  މާރަންދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއް ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞްރު ދުވަސް ކަމުގައިވާ 2023 ނޮވެންބަރު  03 ވާ ހުކުރު ދުވަހުއެވެ. 

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް 2023 އޮކްޓޫބަރު 08 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ.  

 އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓު 2023 އޮކްޓޫބަރު 22 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން މި ކައުންސިލުން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2023