ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)391-FI/391/2015/6
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 09 މާރިޗު 2015 12:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ އިޢުލާން ނަންބަރު IUL)391-FI/391/2015/4  (ފެބުރުވަރީ 8، 2015) ގައި މި ވަޒީފާއަށް ބޭނުންވާ ހުރިހާ މަޤާމާއި ރޭންކް ލިޔެވިފައި ނެތުމާއެކު، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާންކުރީމެވެ.

މަޤާމް

އިމާމު / މުދިމް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމް އޮތް އޮފީސް

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

ފަރުޟު ފަސްނަމާދަށް ބަންގި ގޮވުމާއި، އިމާމުވެ ފަރުޟު ފަސް ނަމާދު ކުރުމާއި، ކަށުނަމާދާއި، ރަމަޟާންމަހު ތަރާވީޙު ނަމާދާއި، ކޭތަ ނަމާދާއި، ދެ ޢީދު ދެ ނަމާދު އިމާމުވެ ކުރުން.

މިސްކިތުގައި ހިންގޭ ދީނީ ކަންކަން އިމްތިޒާމްކުރުން.

ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މިސްކިތުގެ މަސައްކަތު މީހުން

މަސައްކަތްކުރާ ގޮތް ބެލުން.

މިސްކިތަށް ލިބޭ ގެއްލުންތަކާއި، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކައުންސިލަށް

ރިޕޯޓްކުރުން.

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

އިމާމް

ޖީ.އެސް 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

3565.00

1500.00

އިމާމް

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

4465.00

1500.00

 

 

އިމާމް

 

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

00.5020

1500.00

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ މަޤާމުގައި ޖީ.އެސް 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

5610.00

2000.00

އެމް.އެސް 2

 

 

 

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

6295.00

 

 

 

2000.00

 

 

 

އިސް އިމާމު

 

 

 

 

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

7035.00

 

 

 

 

2000.00

 

 

 

އެހެނިހެން އިނާޔަތްތައް:

މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތާއި އިތުރުގަޑީގައި މަސައްކަތް ކުރުމުން ލިބޭފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާގެ ޝަރުޠު ފުރިހަމަވުން.

ތަޢުލީމާއި، ތަމްރީނު.

މަސައްކަތުގެ ތަޖުރިބާ.

އިންޓަވިއު/ޕްރެކްޓިކަލް (ޤުރްއާން ކިޔަވަން ދަންނަ މިންވަރު ޓެސްޓްކުރުން)

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

 10 މާރިޗު 2015 އާއި 10 އެޕްރީލް 2015 އާ ދެމެދު، ތިމަރަފުށީ ކައުންސިލްގެ އިދާރާގައި.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ލިސްޓެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

2015 މާރިޗު 9 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12.00 ގެ ކުރިން، ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅާނީ، މި އިދާރާގެ 6780702 ނަންބަރު ފޯނަށެވެ.

6 ޖުމާދަލްއޫލާ 1436

     

25 ފެބުރުވަރީ 2015