ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/204
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 05 އޮކްޓޫބަރު 2023 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓީޗަރސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލަރޝިޕް 2023

ޓީޗަރސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލަރޝިޕް 2023

4 މާސްޓަރސް އޮފް އޯޓިޒަމް

3 މާސްޓަރސް އޮފް އެޑިޔުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީ

ކޯހުގެ ޢަދަދު، ލެވެލް އަދި ދާއިރާ:

ޔުނައިޓެޑް ކިންގްޑަމް (ޔޫ.ކޭ)

ޤައުމު:

-ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

-ސަރުކާރު ސްކޫލެއްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑިފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.  

4.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ކެންޑިޑޭޓަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

5.ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލު ކުރުމަށްފަހު، ސަރުކާރު ސްކޫލްއެއްގައި ޚިދުމަތް ކޮށްފައިވާ ތަންތަނާއި މުއްދަތު އަދި މަޤާމް އެނގޭނެ ރަސްމީ ލިޔުންތައް. (ސެން ޓީޗަރެއްގޮތުގައި ހިދުމަތްކޮށްފައިވާނަމަ އެމުއްދަތު އިނގޭނެގޮތަށް).

6.ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅާ ސްކޫލެއްގައި ޚިދުމަތްކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް (ކެންޑިޑޭޓު ސޮއިކޮށްފައި).

7.ކުރިން ލޯނު ނަންގަވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކަވާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ކުރިން ނަންގަވާފައިވާ ލޯނު ދައްކަވަމުން ގެންދަވާނެކަން ބަޔާންކުރާ ކެންޑިޑޭޓުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ލޯނު ދެއްކުމާ ޙަވާލުވާނަމަ، އެ ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅުއްވަންޖެހޭ ތަކެތި

 

* މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.

-ކެންޑިޑޭޓުން ހޮވުމުގައި އެންމެފުރަތަމަ އިސްކަންދެވޭނީ ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތަޢުލީމު ދިނުމަށް ޙާއްސަކުރެވިފައިވާ މަރުކަޒެއްގައި ޚިދުމަތްކުރުމަށް އެއްބަސްވާ ފަރާތްތަކަށެވެ. ނަމަވެސް، ހުޅުވާލާފައިވާ ފުރުޞަތުގެ އަދަދަށްވުރެ ގިނަ ފަރާތްތަކުން އިސްވެބަޔާންކުރި ފަދައިން ޚިދުމަތް ކުރުމަށް އެއްބަސްވާނަމަ، ދެން އިސްކަންދެވޭނީ މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. (މެރިޓަށް ޕޮއިންޓް ދޭގޮތުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެއެވެ). މެރިޓް ޕޮއިންޓުން އެއްވަރު ވެއްޖެނަމަ ކެންޑިޑޭޓް ހޮވާނީ ސެން ޓީޗަރަކަށް ސަރުކާރު ސްކޫލެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށް ބަލައިގެންނެވެ. މެރިޓަށް ޕޮއިންޓް އަދި ސެން ޓީޗަރަކަށް ސަރުކާރު ސްކޫލެއްގައި ހޭދަކޮށްފައިވާ ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ، ކެންޑިޑޭޓުން ހޮވާނީ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލު ކުރުމަށްފަހު، ސަރުކާރު ސްކޫލެއްގައި ޚިދުމަތްކޮށްފައިވާ ޖުމްލަ ޚިދުމަތުގެ މުއްދަތަށް ބަލައިގެންނެވެ.

*މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

*މި ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ކެންޑިޑޭޓުން ކިޔަވާނިމިގެން ދިވެހިރާއްޖެ އައުމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތަޢުލީމުދިނުމަށް ޙާއްސަކުރެވިފައިވާ މަރުކަޒެއްގައި މަސައްކަތްކުރުމަށް ޝަރުތުކުރެވޭނެއެވެ. 

*ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

*އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓަކު މި ސްކޮލަރޝިޕް ފުރުޞަތަކަށް ނުހޮވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 5 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

ނަތީޖާ އާންމުކުރުން: 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހު

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

26 ސެޕްޓެންބަރު 2023