ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރުން.
މި ކޮމިޝަނުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާ ކުރި ނަންބަރު 188PSM/IUL/2015/10 (ތާރީޚު: 03 ފެބުރުވަރީ 2015) އިޢުލާނަށް، އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައި ނުވާތީ، އެ މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2015 މާރިޗު 8 އިން 2015 މާރިޗު 19 އާ ދެމެދު މާލޭގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އަދި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާ ކުރި ނަންބަރު 188PSM/IUL/2015/10 (ތާާރީޚު: 03 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން 2015 ފެބުރުވަރީ 26 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އިތުރަށް އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.
10 ޖުމާދަލްއޫލާ 1436